ފަރިތަކުރުން ދާއިމީގޮތެއްގައި ކުރިޔަށް ގެންދަން ގައިޑްލައިނަށް ޢަމަލުކުރުން މުހިއްމު:އާތީ

ފުޓްބޯޅަ ޓީމުތަކުގެ ފަރިތަކުރުން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުޅުންތެރިން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލްކުރަންޖެހޭކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނެފި.
މާލޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއެކު މިމަހުގެ ތިންވަނަ ދުވަހު ޕްރިމިއަރ ލީގުގެ ކުޅުންވަނީ ހުއްޓާލާފައެވެ. އަދި ޓީމްތަކުގެ ފަރިތަކުރުންވެސް ވަނީ ހުއްޓާލާފައެވެ. އެފްއޭއެމްއިން ކުރި މަސައްކަތުން އަލުން އާ ގައިޑްލައިންގެ ދަށުން ކުލަބްތަކުގެ ފަރިތަކުރުންތައް މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާއިރު، ފަރިތަކުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ޓީމެއްވެސް އެއް ގަޑިއިރަށެވެ. ހާފްއެއްގައި އެއްފަހަރާއި 10 ކުޅުންތެރިންނަށް ތަމްރީނު ކުރުމުގެ ފުރުސަތު ދީފައިވާއިރު ކޮންމެ ޓީމެއްގެ ފަރިތަކުރުން ނިމުމާއެކު، މުޅި ދަނޑު ހިމެނޭގޮތަށް ޗޭންޖިން ރޫމްތަކާއި ބެންޗްގެ އިތުރުން ފާހާނަތައް ޑިސްއިންފެންޓު ކުރުމަށް އާ ގައިޑްލައިންގެ ދަށުން ކުރަންޖެހޭ އަދި ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި ކުޅުންތެރިނާއި އޮފިޝަލުން ޕީސީއާރް ޓެސްޓް ހެދުމަށްވެސް އާ ގައިޑްލައިންގައި ބުނެފައިވޭ.
ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފްބުނީ ވަރަށް ގިނަ ބައެއްގެ އާންމްދަނީއާއި ވަޒީފާއާއު ގުޅިފައިވާ ކުޅިވަރަކަށް ފުޓްބޯޅަ ވާއިރު، މިވަގުތު މާލޭގައި ކޯވިޑްގެ ހާލަތަށް ބަލައި، އެޗްޕީއޭއިން މިދިން ފުރުސަތުގެ ބޭނުން އެންމެ ރަގަނޅަށް ކުލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ހިފަންޖެހޭކަމަށެވެ. އަދި ވިހާވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން، ޒަރޫރީ ބޭނުމެއް ޖެހިގެން ނޫނީ މަގުމަތީގައި ނޫޅުމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ވަނީ ކުޅުންތެރިންގެ އަރިހުން އެދިފައިވޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ