ހުޅުމާލޭގައި މިދިޔަ ހަފްތާގައި ވައްކަމުގެ ހަތް މައްސަލައާއި ފޭރުމުގެ ފަސް މައްސަލަ ރިޕޯޓްކުރި

ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި ވައްކަމުގެ ހަތް މައްސަލައަކާއި ފޭރުމުގެ ފަސް މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 12 އިން 18 އަށް ހުޅުމާލޭގައި ވައްކަމުގެ ހަތް މައްސަލައެއް އަދި ފޭރުމުގެ ފަސް މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
މިމުއްދަތުގެ ތެރޭގައި 23 ފަރާތަކުން އެދިގެން ފައިސާ އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ފުލުހުން ސެކިއުރިޓީ ދީފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން މިމުއްދަތުގެ ތެރޭގައި ހުޅުމާލޭގައި 405 އުޅަނދެއް ޗެކްކޮށްފައިވާއިރު ލައިސެންސް ކާޑު ނެތި އުޅަނދު ދުއްވި 58 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ 12 އެކްސިޑެންޓެއް އަދި މަސްތުވާތަކެތީގެ ތިން މައްސަލައެއް ވެސް މިމުއްދަތުގެ ތެރޭގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ