ނަޖިސް ޓްރީޓްކޮށް ބޭރު ކުރުމުގެ ނިޒާމެއް ހުޅުމާލޭގައި ޤާއިމްކުރަނީ

ނަޖިސް ޓްރީޓްކޮށް ބޭރު ކުރުމުގެ ނިޒާމެއް ހުޅުމާލޭގައި ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވައިފައިވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތު މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ޙުސައިން ވިދާޅުވީ ހުޅުމާލޭގައި، ނަޖިސް ޓްރީޓްކޮށް ބޭރު ކުރުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނި ވޯރލްޑް ބޭންކުގެ އެހީގައެވެ.
މާލޭގައި އުފެދޭ އެއްވެސް ނަޖިހެއް ޓްރީޓްކޮށްގެން ބޭރުނުކުރެވޭކަމަށް މިއަދުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވިއެވެ، އެއީ މިސަރުކާރަށްވާރުތަކުރިކަމެއްކަން ފާހަގަ ކުރައްވާ އެމައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސަކަތް ހާމަކުރެއްވިއެވެ. މާލޭގެ ނަޖިސް ބޭރުކުރާ ނިޒާމު ރަނގަޅުކުރުމަށް އެމްޑަބލިޔޫ އެސްސީއާ މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެމްޑްބަލިޔޫއެސްސީން އެމަސައްކަތް ކުރުމަށް ނިންމައިފައިވަނީ ހިޓާޗީ ކުންފުންޏާ އެކުގައިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކުންފުނީގެ މީހުން މިހަފްތާ ތެރޭގައި އެމާލެއަށް ޒިޔާރަތް ކުރާނެ ކަމަށް އެމްޑަބްލިޔޫއެސްއީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވާކަމަށް ވެސް، މިނިސްޓަރ ޑރ. ޙުޞައިން މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.
 މިނިސްޓްރީން ބޭނުންވަނީ މާލޭގައި ވެސް ނަޖިސްޓްރީޓްކޮށް ބޭރުކުރެވޭނެ ނިޒާމެއް ޤާއިމްކުރަންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ނަޖިސް ބޭރުކުރެވެނީ ޓްރީޓް ނުކޮށްކަމަށް ވިދާޅުވިއެވެ. ވަޞީލަތްތައް ޤާއިމުކޮށްފައިވާ ރަށްރަށުގައިވެސް ތަފާތު ޓެކްނިކަލް މައްސަލަތަކާ ހުރެ ނަޖިސް ބޭރުކުރެވެމުން ދަނީ ޓްރީޓް ނުކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓްރީޓްނުކޮށް ނަޖިސް ބޭރުކުރުމުގެ ސަބަބުން ފަރުގެ ނިޒާމަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ