ފްލެޓު ލިބުނު އެންމެނަށް ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވާ: ޑރ. މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ، 2،500 ފްލެޓު ދޭނެ ކަން ކަށަވަރު ކޮށްދިނުމަށް ކުރިން ލިޔުން ހަވާލު ކުރި ހުރިހާ ފަރާތްތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއް ވާނެ ކަމުގެ ޔަޤީންކަން ކުރީގެ ރައީސް ޔާމީން ދެއްވާ ކަމަށް، ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ 2،500 ފްލެޓް ވުޖޫދުގައި ވެސް ނެތް ކަމަށް ބުނެ ސަރުކާރުން އެ ފްލެޓް ލިބުނު ފަރާތްތަކަށް ދެމުން ދަނީ ބޮޑު އަނިޔާއެއް ކަމަށެވެ. އެ 2،500 ފްލެޓްގެ މަސައްކަތް އިއުލާންކޮށް، ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށްފައި ވަނިކޮށް، އެ ފްލެޓްތައް ނުލިބޭނެ ކަމަށް ނިންމުމުން މަގުމަތި ވަނީ ދިވެހި ރައްޔިތުންތަކެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
"މިއީ އެތައް 100 ބަޔަކަށް މި ސަރުކާރުންް ވީ ވަރަށް ބޮޑު އަނިޔާއެއް. އެތައް 100 ބަޔަކު މަގުމަތިކޮށްފި. 2500 މީހުން ވަނީ މަގުމަތިވެފައި. މި ސަރުކާރުން މަގުމަތިވެފައި ތިބި ހުރިހާ ރައްޔިތުންނަށް ޕީޕީއެމްގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން. އެ ޔަޤީންކަން ރައީސް ޔާމީން ދެއްވާ." މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒު ވަނީ ކުރިން އެކުލަވާލާފައިވާ ލިސްޓު އުވާލުމަށް ފަހު އަލުން އިތުރު ލިސްޓެއް އެކުލަވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައެވެ. އަދި ވަކި ފަރާތަަކަށް ޖެހިގެން އެއްވެސް ކަމެއް ނުކުރާ ކަމަށާ، ފްލެޓް ދިނުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދިޔައީ އާއްމުކޮށް އަންގާ އިއުލާންކޮށްގެން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ހާލަތު ބެލުމުގެ ނަމުގައި ކުރި މަސައްކަތަކީ އެއްވެސް ހަރުދަނާ ކަމެއް ނެތި ކުރި މަސައްކަތެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
"ފެން ލީކުވެފަ ހުރެއްޖެއްޔާ ޕޮއިންޓް ލިބޭގޮތަށް. ރެނދެއް ލާފަ ހުރިއްޔާ ޕޮއިންޓް ލިބޭގޮތަށް. އެކަމަކު ބޮޑު އަގުގައި ކުލި ދީފަ ތިބެނީ. ހަމަ ދަރިންވެސް އާއިލާވެސް ހަރަދު ބަރަދު ބޮޑު. " ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ހައްގު ނޫން ފަރާތްތަކަށް ލިބިފައިވާ ކަމަށް ފްލެޓު ކޮމެޓީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ