ލޮކްޑައުންގައި ކެއްކީ ޝާހްރުކް، އެއީ މޮޅު ކައްކާއެއް: ގޯރީ

ޝާހްރުކް ޚާން ވަރަށް މީރުކޮށް ކައްކާ ކަމަށާއި އޭނާ ކައްކާ އެއްޗެހި ކާން ވަރަށް ގަޔާވާ ކަމަށް އަންހެނުން ގޯރީ ޚާން ބުނެފި އެވެ.
އިންޓީރިއާ ޑިޒައިނަރެއް ކަމަށްވާ ގޯރީ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮވިޑް-19އާ އެކު ކުރިމަތިވި ލޮކްޑައުން އަކީ ޝާހްރުކް ކައްކާ އެއްޗެހި ކާން ވަރަށް ގިނައިން ލިބުނު ފުރުސަތެއް ކަމަށެވެ.
"އަސްލުވީ ގޮތަކީ އޯޑަރުކޮށްގެން ބޭރުން ކާ އެއްޗެހި ގެންނަން ވެސް ބިރުގަންނާތީ ގޭގައި ކައްކަން ފެށީ. އެ ޒިންމާ ލޮކްޑައުންގެ ތެރޭގައި ޝާހްރުކް ވަރަށް ފުރިހަމަ އަށް އަދާކުރި،" ގޯރީ ބުންޏެވެ. "އަހަރެން ވަރަށް ގަޔާވޭ އޭނަ ކައްކާ އެއްޗެހި ކާން. އަނެއްކާ ޝާހްރުކަކީ ކައްކަން ވަރަށް ލޯބި ވެސް ކުރާ މީހެއް."
އޭނާ ބުނި ގޮތުގައި ލޮކްޑައުންވެގެން ދިޔައީ ކުރިން އާއިލާގެ އެންމެން އެކީގައި ވަގުތު ހޭދަކުރަން ނުލިބޭ ވަރަށް ވަގުތު ހޭދަ ކުރަން ލިބުނު ކަމަކަށެވެ. އެކަމަކު ދޮށީ ދެ ދަރިން ކަމަށްވާ އާރިއާން ޚާނާއި ސުޚާނާ އަކީ މަތީ ތައުލީމަށް ކިޔަވާ ދެ ކުދިންނަށްވާތީ އެ މީހުންގެ ވަރަށް ގިނަ ވަގުތުތައް އޮންލައިން ކްލާސްތަކަށް ހޭދަކުރަން ޖެހުނު ކަމަށް ބުންޏެވެ.
View this post on Instagram A post shared by Gauri Khan (@gaurikhan) on Mar 5, 2020 at 8:53pm PST
"އެހެން ވިޔަސް ލޮކްޑައުންވެގެން ދިޔައީ އާއިލީ ގުޅުން ކުރިއަށް ވުރެ ބަދަހިވި ކަމަކަށް. ދެން މިހާރު ހަގު ދަރިފުޅު އަބްރަމަކީ ވެސް ކިޔަވާ ކުއްޖަކަށްވީމަ އެ ވެސް ވަރަށް ތަފާތު ކަމެއް،" ގޯރީ ބުންޏެވެ. "ކުރިން މަސައްކަތުގައި ބިޒީވުމާއި ދަރިން ވެސް ގައުމުން ބޭރުގައި ކިޔަވަން ތިބޭތީ އެކީގައި ހޭދަކުރަން ލިބޭ ވަގުތުތައް ވަރަށް މަދު. އެކަމަކު ލޮކްޑައުންވެގެން ދިޔައީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ ކަމަކަށް."
އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެނުން އިންޓިއާ ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ ގޯރީ ބުނިގޮތުގައި އޭނާގެ ގޭގެ ކަންކަމަކީ އަބަދު ވެސް ވަރަށް ތަރުތީބުން ހިނގާ ކަންކަމެވެ. އަދި އޭގެ ހުރިހާ ޝުކުރެއް ވެސް ހައްގު ވަނީ ނިއު ދިއްލީގައި ދިރިއުޅޭ މަންމަ އަށް ކަމަށް ބުންޏެވެ.
View this post on Instagram A post shared by Gauri Khan (@gaurikhan) on Aug 10, 2019 at 1:51am PDT
"މަންމަ އޮންނާނީ އަބަދުވެސް ވަޓްސްއެޕުން އަހަރެމެންނާ ގުޅިފައި. އެހެންވީމާ ގޭތެރޭގެ ހުރިހާ ކަމެއް މަންމަގެ އޯޑަރަށް ހިނގާނެ. މިއީ ހަގީގަތުގައި ދުރުގައި ހުރެގެން ރިމޯޓަކުން ކޮންޓޯލްކުރާ ގޮތަށް މަންމަ ކުރާ ކަމެއް،" ގޯރީ ބުންޏެވެ. "އެހެންވެ އަހަންނަށް އަސްލު ވަރަށް ފަސޭހަ. ގޭގައި ކުރަން ހުންނަ ކަންކަން ފާހަގަކޮށް އެކަންކަން ކުރަން ތިބޭ މީހުން ލައްވައި މަންމަ ބަރާބަރަށް ކަންކަން ކުރުވޭނެ. އަބަދު ވެސް ތަރުތީބުން ހުރިހާ ކަމެއް ދާނީ."
ލޮކްޑައުންގެ ތެރޭގައި ޝާހްރުކްގެ ކެއްކުންގަނޑުތައް ގޯރީ ވަރަށް ފުރިހަމަ އަށް ތަޖުރިބާކޮށްފައިވާ އިރު، ލޮކްޑައުންގެ ތެރޭގައި ލިބުނު ވަގުތުގެ ތެރޭގައި އޭނާ ލިޔުނު ފޮތް "މައި ލައިފް އިން ޑިޒައިން" އަންނަ އަހަރު ނެރެން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
Shah Ruk Khange anhenun liyunu foiy anna aharu nerenee
Mihaaru
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކައްކާފައި އަނބިންނަށް ކާންދޭ ކަމަށް މަޝްހޫރު ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރްގެ ފިރިމީހާ ސައިފް އަލީ ޚާނާއި ޓްވިންކަލް ކަންނާގެ ފިރިމީހާ އަކްޝޭ ކުމާރު ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ