ކޯޓްތައް އާއްމުކޮށް ހުޅުވާ މާދަމާ މަސައްކަތް ފަށަނީ

ކޯޓުތަކުގެ އާއްމުކޮށް ހުޅުވާލާ ރަސްމީ މަސައްކަތް މާދަމާ ފެށުމަށް ނިންމަައިފިއެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީކޯޓްތަކުގެ މަސައްކަތް ރަސްމީކޮށް ފަށަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސާފައި އޮތްއޮތުން ނިމުމަކަށް ގެނެސް މާދަމާއިން ފެށިގެން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީކަމަށެވެ.
ކޯޓުތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޞިއްޙީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ސުޕްރީމްކޯޓުން ވަނީ ކޯޓްތަކަށް އަންގަވާފައެވެ. އަދި އެ
ކޯޓެއް ނުވަތަ އެ ސަރަހައްދުގައި ހުންނަ ކޯޓުތަކުން މަސައްކަތްކުރުމަށް ހަމަޖައްސާ އުސޫލަކުން އިންތިޒާމުކޮށްގެން
ކުރިއަށް ގެންދިއުމަށްވެސް ސުޕްރީމްކޯޓުން ވަނީ އަންގަވާފައެވެ.
މާލޭ ސިޓީ ފުރަބަންދުކުރުމުން މާލޭ ސަރަހައްދުގެ ކޯތްތަކުން މައްސަލަތައް ބަލަމުން ދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި ފެމެލީ ކޯޓުން ވަރި ކައިވެނިވެސް ކޮށްދެމުން ދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ