ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި އިހްތިޖާޖުކުރަން ފަށައިފި

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ކަނޑުމަތީގައި އިހުތިޖާޖްކުރަން ފަށައިފިއެވެ.
އެގޮތުން ޕީޕީއެމް އަދި ޕީއެންސީގެ އިސްފަރާތްތަކާއި ސަޕޯޓަރުން ދަނީ މާފުށި ކައިރީގައި އޮވެ، ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މި ފަރާތްތަކުން ތިބީ މަސް ދޯންޏެއްގައެވެ.
މި ފަރާތްތަކުން މިއަދު މާފުއްޓަށް ދިއުމަށް ފުރާފައިވަނީ ހުޅުމާލެ އެމްޓީސީސީ އެކްސްޕްރެސް ޖެޓީ ސަރަހައްދުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އިހްތިޖާޖް ރޭވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތަކުން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ކޮވިޑް-19 ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ގިނަ މީހުން އެއްތަންތަނަށް އެއްވުމާއި ދެކޮޅަށް އެޗްޕީއޭއިން އިރުޝާދުދެއްވާފައިވާ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ