އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވި އިތުރު މީހަކު ނިޔާވެއްޖެ

އާސަންދަގެ ހަވާލުގައި އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވެފައި ވަނީ 25 އަހަރުގެ އަންހެނެކެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ނިޔާވެފައި ވަނީ ފުރަތަމަ ބެޗްގައި އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހެއް ކަމަށެވެ.
"އެއީ ވަރަށް ބަލި މީހެެއް. ކޮވިޑް-19 އާ ގުޅުން ހުރި ކަމެއްގައެއް ނޫން ނިޔާވީ" އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރުން ފެށުމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި، ބޭރަށް ނުދެވިފައި ތިބި ގިނަ އަދަދެއްގެ ބަޔަކު އާސަންދަ އެހީގައި ދަނީ އިންޑިއާއަށް ފޮނުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ޚާއްސަ ހުއްދައިގެ ދަށުން އިންޑިއާއަށް މީގެ ކުރިން ހަތަރު ބެޗެއް ފޮނުވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ