ގަވާއިދާ ހިލާފަށް ދުއްވި 15 ޓެކްސީއަކާއި މެދު ފިޔަވަޅު އަޅައިފި

ޓްރެފިކް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ގުޅިގެން މާލޭގައި އިއްޔެރޭ ޓެކްސީތަކަށް އަމާޒުކޮށް ޓްރެފިކް އޮޕަރޭޝަނެއް ހިންގައި ގަވާއިދާ ހިލާފަށް ދުއްވި 15 ޓެކްސީއެއް ހުއްޓުވައި ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަނުގައި ޖުމުލަ 32 ޓެކްސީ އެއް ބަލައިފާސްކޮށް އޭގެތެރެއިން 15 ޓެކްސީއެއް ގަވައިދާ ހިލާފުވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ވަނީ ފިޔަވަޅު އަޅާފައެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ފިވަޔަޅު އަޅާފައިވާ 15 ފަރާތުގެ ތެރޭގައި ހިމެނެނީ އަހަރީ ފީ ނުދައްކާ ފަރާތްތަކާއި ރޯޑްވާދިނަސް ސްޓިކާ ނެތްފަރާތަކާއި ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފަށް ޓެކްސީ ކުރަމުން ދިޔަ ފަރާތްތަކެވެ.
ޓްރެފިކް ފޮލިސް ޑިޕާޓްމަންޓުން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް މިފަދަ އޮޕަރޭޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ