ވަގުފު އިމާރާތަށް ކުވައިތުން ހަދިޔާކުރަން ނިންމި ހަ މިލިއަން ރުފިޔާ ޖަމާކޮށްފި

ވަގުފު އިމާރާތަށް ކުވައިތު ސަރުކާރުން ދޭން ނިންމި ހަ މިލިއަން ދިވެހި ރުފިޔާ އަށް ވާ ފައިސާ ޖަމާކޮށްފި އެވެ. އެ ފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ޖަމާކޮށްފައިވާ ކަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އެ ފައިސާއަކީ މިދިޔަ އަހަރު ޑރ. ޝަހީމް ކުވައިތަށް ކުރެއްވި ދަތުރެއްގައި އެ ގައުމުން ރާއްޖޭގެ އެ އިމާރާތް އެޅުމަށް ދޭން ނިންމި ފައިސާ އެވެ. "ދާރުލް އީމާން" ގެ ނަމުގައި އަޅާ ވަގުފު އިމާރާތުގެ މަސައްކަތް މިއަހަރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ އިމާރާތަކީ މިސްކިތު ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އަޅާ އިމާރާތެކެވެ. އެ އިމާރާތަށް އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވެސް ކުރިން ވަނީ 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ