އުތުރާއި މެދުރާއްޖެއަށް އުދައެރުން އެކަށީގެންވޭ - މެޓް

މެދުރާއްޖެއާއި ރާއްޖޭގެ އުތުރުގެ ރަށްރަށަށް އުދައިގެ އަސަރު ކުރުމަކީ، އެކަށީގެންވާ ކަމެއް ކަމަށް، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނުން ފެށިގެން މާދަމާ 10:00 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މެދުރާއްޖެއާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެކެވެ.
މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއި ގުގުރުމަކީ، އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނި ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ