ރެމިޓެންސް ޓެކުހުން ލިބުނު އާމްދަނީ ދަށަށް

ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ދައުލަތަށް ނަގާ ރެމިޓެންސް ފީއިން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ދަށް ވެއްޖެ އެވެ.
މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރެމިޓެންސް ފީގެ ގޮތުގައި ލިބިފައިވަނީ 53 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 56 މިލިއަން ރުފިޔާ ލިބުނެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް ނަގަން ފެށި މި ޓެކުހުގައި ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓެވެ. މި ޓެކުސް ނަގަން ފެށުމާއެކު ބައެއް ފަރާތްތަކުން ޓެކުހުން ރެކެން ތަފާތު އުކުޅުތައް ބޭނުން ކުރި އެވެ.
މި ޓެކްސް ނުދައްކައި އެކަމުން ބަރީއަވާން މަސައްކަތް ކުރާ ފަރާތްތަކަށް ބިދޭސީ މުވައްޒިފަކު ބޭރަށް ފޮނުވި ފައިސާއާ އެއް އަދަދަކަށް ޖޫރިމަނާ ކުރެ އެވެ. އެއީ ވިޔަފާރި އަކުން ނަމަ ޖޫރިމަނާގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަ ވެސް ވަކި ވަގުތީ ގޮތުން ނެގުމުގެ ބާރު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ