ސޮފްވާން ބްރޯޑްކޮމް އިން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އިޞްމާޢީލް ސޮފްވާން މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުމުގައި ސޮފްވާން މަގާމުން ވަކި ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސޮފްވާން ވަކިކުރަން ނިންމި ސަބަބަކީ، އޭނާ ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތީ އެވެ.
ސޮފްވާން އެ ކޮމިޝަނުން ވަކިކުރަން ނިންމި އިރު އޭނާ ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތާ އަށް މަސް ވަނީ ވެފަ އެވެ. އަދި މި މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް އޭނާ އަކީ ކޮމިޝަންގެ ނައިބު ރައީސް އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ އެކޭ އެއްގޮތަށް އޭނާ ވެސް ޗުއްޓީއެއް ނެންގެވުމަށް ފަހު ޗުއްޓީ ހަމަވި ފަހުން ވެސް ކޮމިޝަންގެ މަސައްކަތަށް ވަޑައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ