ދަތުރު ކުރަމުންދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިއްޖެ

އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ ރިސޯޓް އެންޑް ސްޕާ ކައިރިއަށް ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާއަކީ އެ ދޯނީގައި މަސްވެރިކަން ކުރަން އުޅުނު މީހެއް ކަމަށާއި، އެ މީހާ ކަނޑަށް ވެއްޓިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:39 ގައި ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، "ޓާގެޓް" ނަމަކަށް ކިޔާ 50 ފޫޓުގެ އެ ދޯނިން ވެއްޓުނު އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުން ދަނީ ކުރަމުންނެވެ.
ގެއްލިގެން ހޯދަމުން ދަނީ ފ. ބިލެއްދޫ އުތުރުގެ، އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރުއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއް ކަމަށެވެ.
އަދި އެ ސަރަހައްދުން ދަތުރުކުރާ ފަރާްތްތަަކުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓާގާޑް ނަމްބަރު 191 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ