ހުޅުދުއްފާރު ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި

ހުޅުދުއްފާރުގެ އިތުރުން އިތުރު ދެ ސްކޫލެއްގެ މަސައްކަތްތައް ހިމެނޭގޮތަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ހުޅުދުއްފާރުގައި އިމާރާތްކުރާ 3 ބުރީގެ އިމާރާތަކީ 12 ކްލާސްރޫމް ހިމެނޭ ޢިމާރާތެއް ކަމަށެވެ. އަދި އެ އިޢުލާނާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ފިނޭންސްގެ ވެބްސައިޓުން ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ. ބިޑުތައް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ  ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ. ހުޅުދުއްފާރު ސްކޫލަކީ އޭލެވެލްއާއި ހަމައަަށް ތަޢުލީމު ފޯރުކޮަށްދެމުންދާ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ