ޖުގް ޖުގް ޖިޔޯ އަށް ބޮޑު ކާސްޓެއް

2019 ވަނަ އަހަރު ގެނެސްދިން ފިލްމު "ގުޑްނިއުޒް" ގެ ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމު ކަމަށްވާ "ޖުގް ޖުގް ޖިޔޯ" އިން އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު މޫނުތަކެއް ފެންނާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
އެގޮތުން ރާޖް ޑައިރެކްޓް ކުރާ ދެވަނަ ފިލްމު ކަމަށްވާ "ޖުގް ޖުގް ޖިޔޯ" ގެ ލީޑްރޯލުން މަޝްހޫރު ބަތަލާ ކިއާރާ އަދްވާނީ، މަޝްހޫރު ބަތަލު ވަރުން ދަވަން، މެގަސްޓާ އަނިލް ކަޕޫރް އަދި ބަތަލާ ނީތޫ ސިންގު ފެނިގެންދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ޖުގް ޖުގް ޖިއޯ އިން ފެނިގެންދާނީ ދެ ޒަމާނެއްގައި އުޅުނު ދެލޯބިވެރިންގެ ވާހަަކައެވެ. އެގޮތުން ލޯބިވެރިންނަށް އެހާރާއި މިހާރު އައިސްފައިވާ ބަދަލުތައް މިފިލްމުގައި ކިޔައިދޭނެއެވެ. ޖުގް ޖުގް ޖިޔޯ އަކީ ކޮމެޑީ ފިލްމެކެވެ. އެގޮތުން ފިލްމުގެ ޝޫޓިންތައް ޗާންދީގަރް މުމްބާއީ އަދި އިންޑިއާ އިން ބޭރުގައިވެސް ކުރިއަށް ގެންދާން ވަނީ ނިންމައިފައެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމުން އަދި އިތުރު އޭ ލިސްޓެޑް ފަންނާނުން މި ފިލްމާ ގުޅޭނެއެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ