ރޭގެ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ ހަދަމުންދިޔަ ރިސޯޓަކުން

ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ 84 މީހަކު ޕޮޒިޓިވްވިކަމަށް އިއުލާންކުރިއިރު، އޭގެ ތެރެއިން 52 ކޭހަކީ ހަދަމުންދާ ރިސޯޓެއްކަމަށްވާ ރ.ކުޑަކުރަތުގައި ޕޮޒިޓިވްވި މީހުންކަމަށް ބުނެފިއެވެ.
އެޗްއޯސީން މައުލޫމާތުދިން ގޮތުގައި އެރަށުގައި މިމަހުގެ 21 އަދި 22 އޮކްޓޯބަރުގައި ޖުމްލަ 89 ސާމްޕަލް ނެގިފައިވާއިރު، އެންމެ ފުރަތަމަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ އަލާމާތް ހުރި މީހުން ފެނިގެން ކަމަށެވެ.
އޭގެ އިތުރުން 23 އޮކްޓޯބަރުގައި ނެގުނު ސާމްޕަލް ގެ ތެރެއިން 4 ސާމްޕަލްެ ވަނީ ޕޮޒިޓިވްވެ، 24 އޮކްޓޯބަރުގައި 7 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
އެހެންކަމުން މިއަދު މި ފެނުނު 52 ކޭސްއާއި އެކު ޖުމްލަ މިހާރު 63 ކޭސް އެރަށުން ފެނިފައިވެއެވެ. މީގެ ތެރެއިން އެކަކު މިވަގުތު ވަނީ ބ. އޭދަފުށީ ކޯވިޑް-19 ފެސިލިޓީގައެވެ.
އިއްޔެ ޕޮޒިޓިވްވި 84 މީހުންގެ ތެރޭގައި ހިމެނެނީ، 26 ދިވެހިންނާއި 58 ބިދޭސީންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 54 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ