މިއަދު ޕޮޒިޓިވްވީ 51 މީހުން

ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހެއްގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ތިން މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހަކު އަދި ސަފާރީތަކުން ޕޮޒިޓިވްވި އެކަކު އެވެ. މިއަދު ޕޮޒިޓިވްވި 51 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،513 އަށް އަރައިފައެވެ. މިވަގުތު 917 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 69 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 35 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،540 އެވެ. މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ