ކުޅުދުއްފުށި ހޮސްޕިޓަލުގެ ގަވަނިން ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑް މިއަދު އެކުލަވާލައި އެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑް މިއަދު އެކުލަވާލައި އެ ބޯޑަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ އައްޔަންކުރައްވައިފައެވެ.
ބޯޑްގައި ހިމެނިވަޑައިގަންނަވަނީ ހދ. ކުޅުދުއްފުށި، ތަރި، އާމިނަތު ގާސިމާއި މ. ކެލްވީނިއާ، ޑރ. އާމިނަތު ނަޒީރާއި ޏ. ފުވައްމުލައް ދޫޑިގަން، ޒީނިޔާ، މުއުމިނާ އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ހަނީމޫން، ހަސަން ޝުޖާއު އާއި ހދ. ކުޅުދުއްފުށި، މަޝާއިރު، އަބްދުއްލަތީފް ހަސަން އަދި ހދ. ކުޅުދުއްފުށި، ރޯމާ، އަހްމަދު ދާއޫދެވެ.
ރައީސް މިއަދު އެކުލަވާލި ބޯޑްގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ އާމިނަތު ގާސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ