ވައިބާ އެކައުންޓެއް ހެކުކޮށް ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި

އެހެން މީހެއްގެ ވައިބާ އެކައުންޓު ކޮމްޕްރޮމައިޒްކޮށް، އެ އެކައުންޓުން މީހުންނާ ވާހަކަ ދައްކައި ސްކޭމުކޮށްގެން 150،000ރ.އަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މި މައްސަލާގައި މިިދޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރީ އަހުމަދު ހައްސާން، 33، ގ. މާލޭ ހިޔާ 1-16-03 ކަމަށެވެ.
ތަފްސީލް - އޭނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބާ އެކައުންޓު ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ.އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި
ފުލުހުން ބުނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300ރ. ހޯދައި އެފައިސާގެ ތެރެއިން 75،000ރ. ނަގާފައިވާ ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ