ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ޕޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގުތުހުމަތެއް ކަމަށް ފުލުހުން ރޭ ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި މިހެން ވިދާޅުވީ، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފެހެއްޓި ފަހުން ފޮޓޯއެއް ލީކް ކޮށްލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑު ތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތައް ގާއިމްކޮށްފައިވާނެކަމަށެވެ.
ާއަދި އެ އުސޫލުގެ ދަށުން އެތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގުތައް ކުރިއަށް ގެންދަވަނީ ޕްރޮފެށަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިންކަމަށާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި ޕްރޮފެޝަނަލް މިންގަނޑެއް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިސޯޓެއްގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދަން ނިންމައިފި ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޯދުމަށް ފުލުހުންނާ އެކު އޭނާ މަސައްކަތް ކޮށްފި! ޓެލެގްރާމްގައި ‘ޖަޒީރާ’ގެ ނަމުގައި ނެޓްވޯކެއް ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާއަށް 4 އަހަރުގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ