"މާފިއާ މާމާ" ގެ ޓްރޭލާ ނެރެފި

ބްލީކާ ސްޓްރީޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމް "މާފިއާ މާމާ" ގެ ޓްރޭލާ ނެރެފި އެވެ.
ޓޯނީ ކޮލެޓް އާއި މޮނިކާ ބެލޫޗީ ލީޑް ރޯލް ކުޅޭ މި ފިލްމުގައި ޓޯނީ ކޮލެޓްގެ ކެރެކްޓާ ކްރިސްޓަންގެ އިޓަލީގެ ކަލާބްރިއާގައި އުޅޭ ކާފަ މަރުވުމުން، ކާފަގެ މާފިއާ ވިޔަފާރި ވާރުތަކުރެ އެވެ. މޮނިކާ ބެލޫޗީގެ ކެރެކްޓާ ބިއަންކާގެ އެހީގައި އެ ވިޔަފާރިއާ ހަވާލުވެ، އޭނައާ މެދު އެންމެންގެ ހުރި އުއްމީދުތަކާ ހިލާފަށް ކަންތައްތައް ކުރެ އެވެ.
ޓޯނީ އާއި މޮނިކާގެ އިތުރުން މި ފިލްމުގައި ރޮބް ހިއުބަލް، ޖޫލިއޯ ކޯސޯ، ފްރެންޗެސްކޯ މަސްޓްރޮއިއާނީ، ސޯފިއާ ނޮމްވެޓް ފަދަ ތަރިންވެސް ހިމެނެ އެވެ.
މާފިއާ މާމާގެ ސީންއެއް
ކެތެރިން ހާޑްވިކް ޑައިރެކްޓް ކުރާ މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް ކުރިއަށްދެ އެވެ. މި ފިލްމުގެ ލިޔުންތެރިންނަކީ މައިކަލް ޖޭ. ފެލްޑްމަން، އަދި ޑެބީ ޖޫން އެވެ.
މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ހޮވާލެވިފައިވާ ސިނަމާތަކެއްގަ އެވެ.
ޓޯނީ ކޮލެޓް އަކީ "ދަ ސިކްތް ސެންސް"، "މިއުރިއެލްސް ވެޑިން"، "ލިޓްލް މިސް ސަންޝައިން" އާއި "ނައިވްސް އައުޓް" ފަދަ ކާމިޔާބު ފިލްމް ކުޅެފައިވާ އިނގިރޭސިވިލާތުގެ އެކްޓްރެސް އެކެވެ.
މީގެ އިތުރުން ނެޓްފްލިކްސްގެ "އަންބިލީވަބަލް" ކިޔާ ޓީވީ ސީރީޒެއްވެސް ޓޯނީ ކުޅުނެވެ. އަދި އިޓަލީގެ މޮނިކާ ބެލޫޗީ އަކީ "މަލޭނާ"، "އިރިވާސަބަލް"، "މެޓްރިކްސް"ގެ ދެ ފިލްމް، "ޕެޝަން އޮފް ކްރައިސްޓް"، ޖޭމްސް ބޮންޑް ފިލްމް "ސްޕެކްޓާ" ފަދަ ފިލްމް ކުޅެފައިވާ ކާމިޔާބު އެކްޓްރެސް އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ