ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކޮށްގެން ދެ މީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފަތިހު 5:00 ޖެހިއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 39 އަހަރު ދިވެހި ދެ ފިރިހެނުން ކަމަށާއި އެ ދެމީހުން ހައްޔަރުުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ފަހުން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތި ވެފަ އެވެ. އެގޮތުން މާލޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު، އައްޑޫ ސިޓީ މީދޫގައި އެކަކު، ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ