ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާރޕޯޓް ސެކިއުރިޓީ އޮފީހުގައި އަލިފާނުގެ ކުޑަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެއާރޕޯޓުގައި އުޅުއްވާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާންގަނޑު ވަގުތުން ނިއްވާލާފައިވަކަމަށެވެ.
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މީޑިއާ އޮފިޝަލް ހަސަން އަރީފް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ