އިންތިގެ މައްސަލަ ވަރަށް އަވަހަށް ނިންމާނަން: އޭސީސީ

ފެލިވަރު ފިޝަރީޒްގެ ޗެއާމަން މުހައްމަދު އިމްތިޔާޒާ ގުޅޭ ގޮތުން ބަލަމުން އަންނަ ކޮރަޕްޝަންގެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ ބުނެފި އެވެ.އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އިންތިގެ ކޮރަޕްޝަންގެ މައްސަލައެއް މިހާރު ބަލަމުންދާ ކަމަށާއި އެ މައްސަލަ މިހާރު އޮތީ ގާތްގަނޑަކަށް ނިމުމުގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް އެއީ ބަލަމުންދާ މައްސަލައަކަށްވާތީ އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.ހަވީރަށް އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން ދަނީ އިންތިގެ އަމިއްލަ ކުންފުންޏަށް ފެލިވަރުން ގިނަ އަދަދެއްގެ މަސްދަޅު ކޭސްތަކެއް ކްރެޑިޓަށް ދޫކޮށްފައިވާ މައްސަލައެކެވެ.މި މައްސަލައާ ބެހޭ ގޮތުން އިންތި ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ވެސް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ."މި މައްސަލައަކީ އަޅުގަނޑުގެ ފިހާރައަކުން މަސް ދަޅު ކޭސްތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް. އެކަމާ ގުޅިގެން އަޅުގަނޑު ބެލިން އަޅުގަނޑުގެ ފިހާރައިން އެފަދަ ރިކުއެސްޓެއް ވެސް ކޮށްފައި އޮތްތޯ. ނެތް އެފަދަ އެއްވެސް ކަމެއް ކޮށްފައެއް. އަދި ފެރިވަރުގެ ބޯޑުން ވެސް ނެތް އެފަދަ ކަމެއް ހުށަހެޅި އެޕްރޫވްކޮށްފައެއް،" ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ އިންތި ވިދާޅުވި އެވެ.އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އޭސީސީން ސުވާލުކުރުމުން ޖަވާބު ވެސް ދެއްވާފައި ވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މި ވާހަކަތަކަކީ ބަޔަކު ރާވައިގެން އަގު ވައްޓާލުމަށް ހިންގާ އަމަލުތަކެއް ކަމަށް ވެސް އިންތި ތުހުމަތުކުރެއްވި އެވެ."ސިޔާސީ ކަންތައްތަކުގައި އުޅޭތީ ވިޔަފާރިއާ ދުރުގައި އުޅޭތާ ވެސް ދުވަސްކޮޅެއް ވެއްޖެ،" އިންތި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ