ކަތިވަޅިން ހަމާދިން މައްސަލާގައި ލ. ގަމުން ތިން މީހަކު ހައްޔަރުކޮށްފި

ކަތިވަޅިން ހަމާލާދީ ލ. ގަމުގައި ކުޑަކުއްޖަކު ޒަހަމްކޮށްލި މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
 
ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ހިނގި މި މާރާމާރީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ދެ ސައިކަލެއްގައި ދުއްވާފައި ގޮސް ކަތިވަޅިންޖަހާ ޒަހަމްކޮށްލާފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.
 
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތިވަޅިން ހަމަދިން މައްސަލާގައި ލ. ގަމުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އެމީހުން ވަނީ ބަންދުކޮށްފަ އެވެ. މި ކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
 
މާރާމާރީގައި ޒަހަމްވި ލ.ގަމު މުކުރިމަގު އަވަށުގެ ކުއްޖާއަށް މިހާރު އަންނަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ