ސަންއެފްއެމް އެވޯޑްސް2009: ގަދަ ތިނަކަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް މިރޭ އިއުލާންކުރާނެ

14:30ސަންއެފްއެމް އެވޯޑްސްގެ ގަދަ ތިނަކަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް މިރޭ އިއުލާންކުރާނެ އެވެ.އެ ނަންތައް ޢިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 11:30 ގައި ބާއްވާ ހާއްސަ ޕްރޮގްރާމެއްގަ އެވެ. މި ޕްރޮގްރާމް ޓީވީއެމުންނާއި ސަންއެފްއެމުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.ސަންއެފްއެމް އެވޯޑްސް 2009 އަކީ، މިދިޔަ އަހަރުތެރޭގައި އެކި ފަރާތްތަކުން ކޮށްފައިވާ ހިދުމަތްތަކަށް ބަލައި، ސަންއެފްއެމްގެ އެހުންތެރިން އެސްއެމްއެސް ކޮށްގެން ހޮވުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.2009 ވަނަ އަހަރުގެ ސަންއެފްއެމް  އެވޯޑްސްގައި ފަސް ދާއިރާއަކުން އަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސަންއެފްއެމް އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު އެވޯޑް (ފިރިހެން) އާއި ސަންއެފްއެމް އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު އެވޯޑް (އަންހެން) އާއި ސަންއެފްއެމް އަހަރުގެ މުނިފޫހިފިލުވައިދިނުމުގެ ޝަހުސިއްޔަތު އެވޯޑް (ފިރިހެން) އާއި ސަންއެފްއެމް އަހަރުގެ މުނިފޫހިފިލުވައިދިނުމުގެ ޝަހުސިއްޔަތު އެވޯޑް (އަންހެން) އާއި ސަންއެފްއެމް އަހަރުގެ ވިޔަފާރި ޝަހުސިއްޔަތު އެވޯޑެވެ. މީގެ އިތުރުން ސަން އެފްއެމް މަޖިލިސް ޝަހުސިއްޔަތުންގެ ގޮތުގައި މިދިޔަ އަހަރުގެ ދެ ދައުރުގެ ދެ ޝަހުސިއްޔަތުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.ސަންއެފްއެމް އެވޯޑްސް- 2009 ގެ މީޑިއާ ޕާޓްނަރުކަން ޓީވީ މޯލްޑިވްސް އަށް ދިނުމުގެ އެގްރިމަންޓުގައި އެމްއެންބީސީ އާއި ސަންއެފްއެމާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.ޓީވީ މޯލްޑިވްސްގައި އިއްޔެ ހަވީރު ބޭއްވި ކުޑަ ރަސްމީޔާތެއްގައި މި އެގްރިމަންޓުގައި އެމްއެންބީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ހަލީލް އެވެ. ސަންއެފްއެމްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސިނާން އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ