އިދިކޮޅު ޖަލްސާއަށް ހުރިހާ ފިކުރެއްގެ ރައްޔިތުން ވަޑައިގަތުމަށް ޣައްސާން އެދިވަޑައިގެންފި

މާދަމާ އޮންނަ އިދިކޮޅު ޖަލްސާއަށް ސިޔާސީ ހުރިހާ ފިކުރެއްގެ ރައްޔިތުން ވަޑައިގެންދެއްވުމަށް ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު ދަޢުވަތު ދެއްްވައިފިއެވެ. ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ޤައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މުސްތަޤުބަލު އުޖާލާކުރެވޭނީ ޤައުމަށް ވަފާތެރިވެ ތިބެ މާތް ﷲގެ ވާގިފުޅަށް އެދިތިބެ ޤައުމަށް ވަފާތެރިވެގެން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. Qaumuge misraab hury rayyithun edhey gothakah noon. Musthaqbalu ujala kureveyny Allah ge vaagifulhah edhithibe gaumah wafatheri vegen. Maadhan rey onna jalsa ah huriha party egge, huriha fikuregge lobuvethi dhivehi rayyithunnah adhabverikamaieku dhauwath aruvan. #Visna pic.twitter.com/yonv3smFdp— Mohamed Ghassan Maumoon (@mgmaumoon) December 25, 2020އަދި ޣައްސާން ވިދާޅުވެފައިވާ މާދަން ރޭ އޮންނަ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ އަދި ހުރިހާ ސިޔާސީ ފިކުރެއްގެ ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވާ ކަމަށެވެ. އިދިކޮޅު އިއްތިހާދުން "ވިސްނާ" ނަމުގައި އޮންނަ ޖަލްސާއަށް މަސްވެރިންނާއި ދަނޑުވެރިންނާއި ޓެކްސީ ޑުރައިވަރުންނާއި ޒުވާނުންނަށް ދައުވަތު ދީފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ