ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 37 މީހުން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 30 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ރަށްރަށުން ދެ މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހުންގެ އިިތުރުން ސަފާރީތަކުން ތިން މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
✳️ COVID-19 : Case UpdatesAs of 04.12.2020, 06:00 PM Malé area: 30Inhabited islands: 2Operational Resorts: 2Live aboard: 3Islands under development: 0Industrial islands: 0Total number of cases: 37https://t.co/PjrgTZ4m64 pic.twitter.com/Vaxa6adnjg— Health Protection Agency (@HPA_MV) December 4, 2020
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްމިއަދު ޕޮޒިޓިްވވި މީހުންނާ އެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު 13،143 އަށް އެރީ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 890 މީހުންނެވެ. އޭގެ ތެރެއިން 78 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.
މިހާތަނަށް 47 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ