"ރާއްޖޭގެ ޓޫރިޒަމްގެ ސައިޒު ބޮޑުކޮށްލީ ރައީސް ޔާމީން"

އެތައް ސިފައެއްގައި ރާއްޖޭގެ ޓޫރިޒަމްގެ ސައިޒް ބޮޑުކޮށް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި ދިވެހި ރާއްޖޭގައި ދިވެހިންގެ ބާރު ކަނޑުވަމުން ދާ "ޕަޕެޓް ސަރުކާރަށް" ނެރެވޭނެ ނަތީޖާއަކީ ކަންކަން ނުވާނެ ކަން ވިސްނައި ދޭން އުޅުން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް، ސައީދު ވިދާޅުވީ އެމްޑީޕީން އިންޑިއާގެ ޖީއެމްއާރަށް ވިއްކާލި ދިވެހިންގެ މައި އެއާޕޯޓް، ވީއައިއޭއަކީ ރާއްޖޭގެ އިގްތިސޯދުގެ ތަޅުދަނޑި ކަމަށެވެ. އެންމެ ފަސް އަހަރުން ދިވެހިންގެ އަމިއްލަ މިނިވަން ވެރި ކަމެއް ކުރައްވައި ރައީސް ޔަމީންގެ ތަރައްގީގެ ވިސްނުން ބަހާއި އަމަލުން ތަރުޖަމާ ކުރުވާފައިވާ ކަމަށާއި ވިސްނާ ފިކުރު ކުރާނަމަ އެ ވަރުން ފުދޭނެ ކަމަށެވެ.
ސައީދު މިއަދު ވިދާޅުވި ގޮތުގައި ތަރައްގީގެ ރޭހުގައި އެހެން ގައުމުތައް ފަދައިން ރާއްޖެއަށް ކިތަންމެ ދުރަކަށް ވެސް ދެވިދާނެކަން ރައީސް ޔާމީން ދައްކުވައި ދެއްވި އެވެ. އަދި 1.5 މިލިއަންގެ ޓޫރިސްޓު އެރައިވަލް ހަތް މިލިއަނަށް އުފުލާނެ ބޮޑެތި މަސައްކަތް ފައްޓަވައި ދެއްވި އެވެ.
އޭނާ އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ސައިޒް އެތައް ސިފައެއްގައި ރައީސް ޔާމީން ފުޅާކޮށް ބޮޑުކޮށް ދެއްވާފައިވާ ކަމަށެވެ.
"ކްރޮސް ރޯޑްސް ހަމަ އެންމެ މިސާލަކަށް ފުދޭނެ، އޭ380 ގެ މަތީންދާ ބޯޓު ޖެއްސުން ބުނެދެނީ އެއީ ވެސް ކުރެވޭނެ ކަންކަން ކަން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާ ހިލާފަށް 2018 އިން 2020 އާ ހަމައަށް ވެސް މި ފެނުނީ އޭގެ އިދިކޮޅު ކަމަށާއި ދިވެހންގެ ބާރު ރާއްޖޭގައި ކަނޑުވަމުން ދާ ޕަޕެޓް ސަރުކަރަށް ނެރޭވޭނެ ނަތީޖާއެއް ވެސް ނެތް ކަމަށެވެ، ކުރާ ހަމައެކަނި ކަމަކީ ކަންކަން ވާން ނެތްކަން ވިސްނައި ދޭން އުޅުން ކަމަށެވެ.
"ޝައްކެއް ނެތް ރައީސް ޔާމީން ވަނީ ތިން ޖީލުގެ ލޯބި ހޯއްދަވާފައި އެފަދަ އެތައް ސަބަބަކާ ހުރެ ދިވެހިން ނުކުމެ ރައީސް ޔާމީނަށް 2023 ދިނުން މުހިންމު،" ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ