އިޓަލީން އެތެރެ ކޮށްފައިވާ ސަލާމީ ބޭނުން ނުކުރަން އަންގައިފި

އިޓަލީން އެތެރެކުރާ، ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ ސަލާމީ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު އަންގައިފި އެވެ.އެ އޮތޯރިޓީން އެގޮތަށް އެންގީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީ ވިލާތުގެ 'ސަލާމީ' ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެންގުމާ ގުޅިގެންނެވެ.މި އެލަރޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮޓޯރިޓީން ވަނީ ބުނެފައެވެ.މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ