އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނޭ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ރިޕޯޓް އޭސީސީން މިއަދު އާއްމު ކުރިއިރު، އެސްއޯއެފް ކުންފުނިން، ރާއްޖޭގެ މަހުޖަނުންނަށް ނިސްބަތްވާ ބޮޑެތި ކުންފުނިތަކަކަށް ވެސް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އޭސީސީގެ ރިޕޯޓްގައި ޗަމްޕާ ހުސެއިން އަފީފުއަށް ނިސްބަތްވާ ޗަމްޕާ ބްރަދާސް މޯލްޑިވްސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްވާ ވިލާ ޓްރެވަލްސް އެންޑް ޓްވާސް ވެސް ހިމެނެ އެވެ.
އޭސީސީގެ ރިޕޯޓްގައި އެސްއޯއެފުން ޑޮލަރު ޖަމާކުރިކަމަށް ބުނެފައިވާ ބޮޑެތި ބައެއް ކުންފުނިތައް- ޗަމްޕާ ބްރަދާސް މޯލްޑިވްސް 3,520,000.00 - ވިލާ ޓްރެވަލްސް އެންޑް ޓްވާސް 700,000.00- ރެޑްވޭވް ޕްރައިވެޓް ލިމިޓެޑް 1,519,000.00- އަމީން ކޮންތްރަކްޝަން 2,023,270.00- މެރީޑިއަމް ސާވިސް 455,000.00- އެލްސިއޯން ޓްރޭޑާސް 300,000.00- ސަންފްރޮންޓް 200,000.00- އައިލެންޑް ތްރާންސްޕޯޓް 150,000.00- އެމްޔޫ ސްޓޯރު 150,000.00- މުނި އެންޓެރ ޕްރައިސަސް 100,000.00- ޝީޝާ ޕްރައިވެޓް ލިމިޓެޑް 100,000.00- އެސްޓާސް ޕްރައިވެޓް ލިމިޓެޑް 70,000.00- އެލްސިއޯން ބޭކަރީ 50,000.00- އެޕޯލޯ ހޯލްޑިންގ 50,000.00
މީގެ އިތުރުންވެސް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށްވެސް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސިސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ ހުރިހާ ކުންފުނިތަކަށް އެސްއޯއެފުން ޖަމާވެފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާކަމެއް ރިޕޯޓުން ސާފެއް ނުވެ އެވެ. ބައެެއް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި އެސްއޯއެފުން އެ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އެ ކުންފުނިތަކުން ރުފިޔާ ދިނުމަށްފަހު ގަނެފައިވާ ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ