ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 11.5 ކިލޯގެ މަސްތުވާތަކެތި ޓްރިވެންޑްރަމުން އަތުލައިގަނެފި

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 26.7 މިލިއަން ރުފިޔާގެ އަގުހުރި 11.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ ކާރެއްގެ ތެރެއިން ކަމަށެވެ. 11.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކާރުގެ ތެރެއިން ކަނޑިއެއްވެސް ފެނުނެވެ.
އޭގެ އިތުރުން އެ މަސްތުވާތަކެއްޗަކީ ރާއްޖެ އާއި ލަންކާއަށް އެތެރެ ކުރަން ބަހައްޓާފައި ހުރި ތަކެތި ކަމަށް ކަމާ ބެހޭ އޮފިޝަލަކު ވަނީ ދަ ހިންދޫ އަށް ވިދާޅުވެފަ އެވެ.
އިންޑިއާއިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައި ދޮރާއްޓަކީ ޓްރިވެންޑްރަމް ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ