އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނުވަ ފަރާތަކުން ކުރިމަތިލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު އެމަގާމަށް ކުރިމަތިލާފައިވަނީ ނުވަ ފަރާތަކުން ކަމަށެވެ.
ނަމަވެސް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމައެއް ނުކުރައްވައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލީ މިމަހުގެ ދިހަވަނަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ މަގާމުގެ މުއްދަތު މިހިނގާ ޖުލައި މަހުގެ 22 ގެ ނިޔަލަށް ހަމަވާތީއެވެ. މިހާރު އެ މަގާމުގައި ހުންނެވީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ