ރައީސް އަންނަ އަންގާރަ ދުވަހު އޭދަފުއްޓަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް އިބްރާހިމް
މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު އޭދަފުއްޓަށް
ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޭދަފުއްޓަށް
ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ރައީސް އޭދަފުއްޓަށް ވަޑައިގަންނަވަނީ ބ. އަތޮޅު
ސިއްހީ ހިދުމަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.
މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި
ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު
މަހުގެ 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ބ. އަތޮޅަށް ކުރައްވާ
ފުރަތަމަ ދަތުރުފުޅެވެ.
ރައީސަށް މަރުހަބާ ދަންނަވަން މުޅި ރަށް ޒީނަތްތެރިކުރުމާގުޅޭ ގޮތުން ރޭ ވަނީ ރަށު ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ