ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ވޯކްޝޮޕެއް ވޭމަންޑޫގައި

ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ މަސައްކަތު ބައްދަލުވުން ތ. ވޭމަންޑޫގައި ފަށައިފި އެވެ. މިއީ ހޯމް މިނިސްޓްރީގެ މި ސިލްސިލާގެ 13 ވަނަ ބައްދަލުވުމެވެ.
ތ. އަތޮޅުގެ ރަށްރަށަށް އަމާޒު ކޮށް ފެށި މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުގެ ސަރުކާރުގެ އޮފީސްތަކުން ބައިވެރިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުންތަކުގައި 12 ރަށަކުން 70 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
މި ވޯކްޝޮޕް ބާއްވާފައި ވަނީ ތ. އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން
ފޮޓޯ: ހޯމް މިނިސްޓްރީ
މިއަދު ފެށި މި މަސައްކަތު ބައްދަލުވުމުގައި އަށް ދާއިރާއަކުން ފެސިލިޓޭޓަރުން ބައިވެރިވެ ސެޝަންތައް ނަގައިދޭނެ އެވެ. އެ ދާއިރާތަކަކަކީ އެލްޖީއޭ އާއި ޕޮލިހާއި ޖުވެނައިލް ޖަސްޓިހާއި ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހެލްތާއި ޑްރަގް އެޖެންސީ އާއި އެމްއެންޑީއެފާއި އިސްލާމިކް މިނިސްޓްރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ