ގޮތް ނޭނގޭ ބޭރު ޝޭހުންނަށް ވިސާ ދިނުން ބުއްދިވެރިއެއް ނޫން: ނަޝީދު

ބޭރު ޝޭހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވަނީސް، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމަށް ވިސާ ދިނުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް ހުރި ޒަހްރަން ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިސްފައިވާކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ.
"ބޭރު ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވެ، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
SL ge hamalaaga baiverivi Zahran Hashim,2016 ga dheenee vaulu dhinumah kamah bune,ehen namehga Raajje aikameh nuvatha naana kameh adhi saafeh nuvey.Beyru sheikhunah hedhigen anna meehun rangalhah saafu nuve,e fadha faraiythakah Raajje aumuge visa dhinumakee buhdhiveri kameh noon
— Mohamed Nasheed (@MohamedNasheed) May 10, 2019
ނަޝީދު މިހެން ވިދާޅުވިއިރު ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ތަރާވީސް ނަމާދުކުރުމަށް ބޭރުގެ ޝޭހުންނާއި ހާފިޒުން ރާއްޖެ ގެންނަކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު އެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ހަމަލާއަށްފަހު ލަންކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، ހަމަލާއާ ގުޅުންހުރި މީހުން ހޯދުމަށް ފުލުހުން އަންނަނީ ވަކިވަކިން ގެތައް ވެސް ބަލައި ފާސްކުރަމުންނެވެ.
އެ ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް އޮތްކަން އަދި މިހާތަނަށް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ