ރާއްޖޭގައި ދެން އިސްލާމިކް ސެންޓަރެއް ބިނާ ނުކުރާނެ: އަސްލަމު

ރާއްޖޭގައި ދެން އިސްލާމިކް ސެންޓަރެއް ބިނާ ނުކުރާނެ ކަމަށާއި ދެން ފަސް ސަރަހައްދެއްގައި ބިނާ ކުރާނީ ހައުސް އޮފް ވިސްޑަމް ކަމަށް ދޭހަވާ ގޮތައް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވައިފިއެވެ.އަސްލަމް މިގޮތައް ވާހަކަފުޅު ދެއްކެވީ އެމްޑީޕީ އަށް ނިސަބަތްވާ ކައުންސިލަރުންނަށް އަމާޒުކޮށް އެޕާޓީން ބޭއްވި ސެމިނާރުގައި ކައުންސިލަރުންނަށް މައުލޫމާތު ދެއްވަމުންނެވެ. ހައުސް އޮފް ވިސްޑަމް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި އަށް ވަނަ ގަރުނާއި 12 ގަރުނާއި ދެމެދު ބަޣުދާދުގައި ވެސް އެފަދަ ތަނެއް ހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.އެއީ ދުނިޔޭގެ އެތަން މިތަނުން އިލްމުވެރިން ޒިޔާރަތް ކުރިތަނެއް ކަމަށް އޭނާ ވިދާޅުވި. ދީނާއި ދުނިޔެވީ އިލްމު އެއްކޮށްލަން އެބަޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރަނީ ވަކިގޮތަކަށް ފިކުރު ބައްޓަންވުން ހުއްޓުވުމަށް އިންޓަގްރޭޝަނެއް ނުވަތަ މަސްހުނިވުމެއް އިލްމުވެރިންގެ ތެރެއަށް ގެންނަން ޖެހޭތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.އަސްލަމް ވިދާޅުވީ ސަރުކާރުން ބިނާ ކުރާ ސެންޓަރުތަކަށް އިސްލާމިކް ސެންޓަރޭ ނުކީ ގަސްދުގައި ކަމަށް. އެއީ ވަކި އިލްމަކަށް އެ ސެންޓަރު ހާއްސަ ނުކުރަން ވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މިއީ ވިސްނުންތެރިކަމާއި އެކު ކޮށްފައި އޮތް ކަމެއް ކަމަށާއި މިއީ ވަކިވަކި ބައިބައިތައް ބަލާފައި ކުރާ ކަމެއް ކަމަށެވެ.އަދި އެބޭފުޅުންގެ މިސްރާބު މިހާރު ސާފުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ މިކަމަށް އަދި ކެބިނެޓުން ރުހުން ނުދިން ނަމަވެސް ކެބިނެޓްގައި ހައެއްކަ ދުވަހު މަޝްވަރާ ކުރެވި ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ