ކަންދިމާވާގޮތަކުން ކައިވެނި ރޫޅިދާނެއެވެ. ދަރިން ބަލަނީ މަންމަ ކަމަށްވެސް ވެދާނެއެވެ. ފިރިހެން ދަރިން ބަލަނީ މަންމަ ކަމަށްވީނަމަވެސް އެދަރިން މިސްކިތަށް ގެންދިއުމަކީ ބައްޕައިންނަށް އަދާކުރަންޖެހޭނެ ޒިންމާއެކެވެ. ސަބަބެއް ދިމާވެގެން ގޮވައިގެން ނުދެވުނަސް މިސްކިތަށް ގެންދަންޖެހޭ ޢުމުރުގެ ކުދިން މިސްކިތަށްދާކަން ބަލަން ބައްޕައަށް ޖެހޭނެއެވެ.
ދަރިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެއްސުވުމުގެ މަސައްކަތބެލެނިވެރިން ކޮންމެހެން ކުރަންޖެހޭނެ މަސައްކަތެވެ. ދަރިންނަށްޓަކައި ކޮށްދިނުން ވާޖިބުވާ ކަމެކެވެ. ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެ ކަމެއްވެސްމެއެވެ.
ބައެއް މިސްކިތްތަކުން ވަރަށް އުފާވެރި މަންޒަރުތައްވެސް ފެނެއެވެ. ދަރިން ގޮވައިގެން ބައްޕައިން ނަމާދަށް ގޮސް ކުދިން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްކުރާތަން ފެނެއެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ. ދަރިންގެ ހިތްތަކުގައި ދީނުގެ ކަންކަމަށް ލޯބި ޖެއްސުވޭނީ މިސްކިތްތަކަށް ގެންދެވުނުވަރަކުންނެވެ. ނަމާދުކުރަން އަހުލުވެރިކުރުވުނު ވަރަކުންނެވެ.
ތިރީގައި އެވަނީ އިސްލާމީ މްރުކަޒުގެ ކުރީގެ އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ބިންމަތީގައި، ﷲ އެންމެ ލޯބިވެވެވޮޑިގަންނަވާ އެންމެ އަމާންތަނަކީ މިސްކިތްތަކެވެ. އެއީ އެކަލާނގެއަށް އަޅުކަންކޮށް، ދީނީ ދަރުސްތައްދެވި، އަޑުއަހައި، އިންސާނާގެ ނަފުސު ޠާހިރުކުރާ ތަނަކަށްވާތީއެވެ.
އަދި ބިންމަތީގައި އެކަލާނގެ އެންމެ ނުރުއްސަވާތަނަކީ ބާޒާރެވެ. އެއީ، މަކަރުހެދުމާއި، އޮޅުވާލުމާއި، ދޮގު ވާހަކަދެއްކުން ފަދަ ނަހީކުރައްވާފައިވާ ކަންތައް ކުރެވޭ ތަނަކަށްވާތީއެވެ.
ވީމާ، މިސްކިތުގެ ދައުރު އިތުރަށްފުޅާކޮށް، ދަރިންގެ ހިތްތަކުގައި މިސްކިތުގެ ލޯބި ޖައްސައި، މިސްކިތުގެ އަހުލުވެރިންނަށްވަމާ ހިނގާށެވެ!
ފިރިހެންދަރިން ބަލަނީ މަންމަކަމަށްވިޔަސް މިސްކިތަށް ގެންދިއުމާ މިސްކިތަށްދާކަން ބެލުމަކީ ބައްޕަގެ މަސްއޫލިއްޔަތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ