ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް: ގިނަ ބާވަތްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ
ގިނަ ބާވަތްތަކުން 50 ޕަސެންޓާ ހަމައަށް ޚާއްސަ ޑިސްކައުންޓް ލިބޭ، ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް މިއަދު ފަށައިފިއެވެ. ކައިލާން ޓްރެންޑްސްއިން ބުނީ، އެ ފިހާރަ ހުޅުވުނު ފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި ސޭލުގައި ފެންވަރު ރަނގަޅު ރީތިވާ ސާމާނާއި ލައިފްސްޓައިލް އުފެއްދުންތައް ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ. މިއަދުން ފެށިގެން މި ހަފުތާގެ ނިޔަލަށް މި ސޭލު ކުރިއަށް ދާނެ ކަމަށް ކައިލާން ޓްރެންޑްސް އިން ބުންޏެވެ. މި މުއްދަތުގެ ތެރޭގައި ކައިލާން ޓްރެންޑްސްއިން ވިޔަފާރިކުރާ ފަރާތްތަކަށް ކޮސްމެޓިކްސް، މޭކަޕް، ސެންޓު، އަދި ރީތިވާން ބޭނުންކުރާ އެހެނިހެން ސާމާނުތަކެއް ބޮޑެތި ޑިސްކައުންޓު ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. މީގެ އިތުރުން އެ ފިހާރައިން ވިއްކާ ތަފާތު ރީޓެއިލާއި ހޯލްސޭލްގެ ބާވަތްތައް ހިމެނޭނެ ކަމަށްވެސް އެ ފިހާރައިން ބުންޏެވެ. ޑިސްކައުންޓް ލިބޭ ހުރިހާ އުފެއްދުންތަކެއް ސްޓޮކް ހުސްވަންދެން ލިބޭނެ ކަމަށް ކައިލާން ޓްރެންޑްސްއިން މައުލޫމާތުދެއެވެ. ކައިލާން ޓްރެންޑްސްއިން ސިފަކުރާ ގޮތުގައި މި އަހަރީ ސޭލަކީ އަހަރު ނިމުމުގެ ކުރިން އާއިލާގެ މީހުންނަށާއި ރައްޓެހިންނަށާއި ލޯބިވާ ފަރާތްތަކަށް އަހަރު ނިންމާލުމުގެ ގޮތުން ހަދިޔާ ގަތުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. މި ސޭލުގެ ސަބަބުން އާންމުންގެ އިތުރުން ވިޔަފާރިވެރިންނަށްވެސް ފައިދާވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. ކައިލާން ޓްރެންޑްސް އަކީ 2009ވަނަ އަހަރުން ފެށިގެން ދިވެހި ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން ޚާއްސަވަނީ ބައިނަލްއަގުވާމީ ކޮސްމެޓިކްސް އަދި ބިއުޓީ ބްރޭންޑްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމުގައެވެ. އަދި ދިވެހިރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ބަރޯސާވެވޭ ނަމެއްގެ ގޮތުގައި ކައިލާން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ