ފެންބޮޑުވެ ތިނަދު އަށް ގެއްލުންތަކެއް

ތިނަދޫ ސިޓީ އަށް ރޭ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފެންބޮޑުވެ ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުންތައްވެފައިވެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ