އަމިއްލަ ނަފުސަށް އަޅާލައި، ރީތިކޮށް ހުންނަން ލޯބިކުރާ ފިރިހެނުންނަށް މިއީ އުފާވެރި ހަބަރެކެވެ.
ބުރުޒު މަގު، ގާކޮށި ފްލެޓު ކުރިމަތީގައި "މޭން އެންޑް ޑަސްޓް"ގެ ނަމުގައި ސެލޫނެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
މިތަން ފަރުމާކޮށްފައި ވަނީ ހަމައެކަނި ބޯކޮށާލައި ތުނބުޅި ހަދާލުމުގެ އިތުރަށް، ހިތްފަސޭހަ މާހައުލެއްގައި ތިބެގެން ފެންވަރު ރަނގަޅު ގްރޫމިން ހިދުމަތްތައް ހޯދޭ ގޮތަށެވެ.
މިތަނުން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި އެންމެ ފަހުގެ ޓްރެންޑްތަކާ އެއްގޮތަށް ބޯކޮށުމާއި ސްޓައިލް ކޮށްދިނުމުގެ އިތުރުން، ތުނބުޅި ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން "ބިއާޑް ސްކަލްޕްޓިން" ގެ ހިދުމަތް ހިމެނެ އެވެ.
"މޭން އެންޑް ޑަސްޓް"ގެ ނަމުގައި ހުޅުވި ސެލޫން -- ފޮޓޯ: ޝާފިއު / އަދަދު
އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ދެވޭ ހާއްސަ ހެއާ ޓްރީޓްމަންޓްތަކާއި، މޫނުގެ ހަންގަނޑު ސާފުކޮށް ތާޒާކޮށްލުމަށް ބޭނުންވާ ފޭޝަލްގެ ހިދުމަތްތައް ވެސް މި ސެލޫނުން ލިބެ އެވެ. ކުލަ ޖައްސަން ބޭނުންވާ ފަރާތްތަކަށް ވެސް ތަޖުރިބާކާރުންގެ އެހީގައި އެ ހިދުމަތް ވެސް ލިބޭނެ އެވެ.
"ގިނަ ފިރިހެނުން ޒީނާތްތެރިކަމަށް ދޭ ސަމާލުކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ފިރިހެނަކު ވެސް ސެލޫނުން ނުކުންނައިރު، އެ މީހެއްގެ އެންމެ ފުރިހަމަ ސިފަ ގެނެސްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް ދިނުން،" އޭން އެންޑް ޑަސްޓުގެ މެނޭޖަރު ބުންޏެވެ.
މި ސެލޫން ހުޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިރިހެނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮސްޓްރޭލިއާގެ ގްރޫމިން ބްރޭންޑެއް ކަމަށްވާ "އަޕަކަޓް ޑިލަކްސް" ގެ އުފެއްދުންތަކާ ވެސް އެކު އެވެ. މި އުފެއްދުންތައް މި ސެލޫނުން ގަންނަން ވެސް ލިބޭނެ އެވެ.
ފިރިހެނުންގެ ގްރޫމިންއަށް އާ ބާބެއް؛ "މޭން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި ފިރިހެނުންގެ ގްރޫމިންއަށް އާ ބާބެއް؛ "މޭން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ