އަންނަ އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވަ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް އަދަދު އަށް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް ދޭނީ މަސްދަޅު ކޭހެއް ކަމަށެވެ.
ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ބޭނުންވަ ގޭބިސީތައް ރަޖިސްޓްރީކުރަން އަންގައި އިއުލާންކުރަން ބައެއް ކައުންސިލްތަކުން ވަނީ ފަށާފަ އެވެ.
މިދިޔަ ރޯދަ މަހު މަސްދަޅު ކޭސް މާލޭގައި ބަހާފައިވަނީ ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ. އެފަހަރު ޕޯޓަލްއެއް ހެދީ މަސްދަޅު ކޭސް ބަލާ ދިޔަ މީހުން ގިނަވެ، ކިއު ބޮޑުވުމުންނެވެ.
މީގެއިތުރުން މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސްތައް ދޭން ޖެހުމުން މިފްކޯގެ ޕްރޮޑަކްޝަނަށް ދަތިތައް ދިމާވެ، މަސްދަޅާއި މަހުގެ އެހެން އުފެއްދުންތައް ވެސް ލިބުން ދަތިވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ.
މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން އެފަހަރު 111.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ރޯދަ ހަދިޔާއަށް މިފަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާއަށް މިފަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ