މި ސަރުކާރަށް ތާއީދު ލިބޭނީ އައްޑޫގެ ތަރައްގީ އަށް ހާއްސަ އިސްކަމެއްދީގެން: ނަޝީދު

މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ލިބޭނީ އައްޑޫގެ ތަރައްގީ އަށް ހާއްސަ އިސްކަމެއްދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެކަމަނިކުފާނު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހިތަދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ރާއްޖެ އަށް އަވަސް ތަރައްގީ ހޯދެން އޮތީ އައްޑޫ އަށް އަމާޒުކޮށްގެން ކަމަށާއި އެހެން ކަމުން މި ސަރުކާރުން ތަރައްގީ އާއި ކުރިއެރުމަށް ކުރާ ކަންކަމުގައި އައްޑޫ އަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އައްޑޫއަށް އިސްކަންދީގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، މި ސަރުކާރަށް އަދިވެސް މާ ތާއީދު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިން ޒަމާނުއްސުރެން ފަށައިގެން އައްޑޫއާ މެދު ކަންކަން ކޮށްފައި ހުރީ ގޯސްކޮށް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އައްޑޫ އަށް އަޅާލުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނަޝީދު ވަނީ އައްޑޫ އަށް ވަޑައިގަންނަވަނީ ވަރަށް ޒާތީ ހައިސިއްޔަތެއްގައި އައްޑޫ ދެކެ ލޯބިވާ މީހަކަށް ވާތީ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މިގޮތުން އައްޑޫގައި ކަންކަން ވުމަށް އެދޭ ކަމަށާއި ނަމަވެސް އަދި ހާސްވެ ކަންބޮޑުވާން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބޭނުންވެގެން އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް ކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީ ނުލިބޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެ އާމްދަނީ ހޯދޭނެ މަގުތައް މެނިފެސްޓޯތަކުގައި ލިޔަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެބަ ބުނަން ޓޫރިޒަމާއި މަސްވެރިކަމާއޭ އޮތީ. އޭގެ މާނައަކީ އެއާޕޯޓާއި ބަނދަރާއި. ސަރުކާރުން އެންމެ މުހިއްމު ކަމެއް ދީގެންކޮށް ނިންމަންޖެހޭ ދެކަން އެއީ.އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއޭގެ ވަށައިގެން ތަރައްގީގެ އެތައް އޮއިވަރެއް ހިނގާނެ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އައްޑޫއަކީ ވަރަށް ފޮނި އުޖާލާ މުސްތަގުބަލެ އޮތް ތަނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ