ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި މުދިމަކު ސަސްޕެންޑް ކޮށްފި

ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މުދިމަކު ސަސްޕެންޑް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިސްލާމިކް މިނިސްޓްރީން ވަނީ މުދިމަކު ސަސްޕެންޑް ކޮށްފައެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި މިފަހުން ލީކްވާން ފެށިއިރު އޭނާއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަދު 250 އަރާކަމަށް މައުލޫމާތުލިބެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގައެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.
މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެމީހުންގެ މަގާމުތަކުން ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންނަމަވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ