އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަންކަމުގެ އެވޯޑް އެމްއައިބީއަށް

ސީއެފްއައި.ކޯ އިން ދޭ "ޗެމްޕިއަން އޮފް
އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން
2026" އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
މި އެވޯޑަކީ އިސްލާމީ ބޭންކިންގެ ދާއިރާގައި
އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު
ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށް އެ ބޭންކުން ބުންޏެވެ.
ރާއްޖެ އަކީ ޖަޒީރާ ގައުމަކަށްވުމުން ޖިއޮގްރަފީގެ ގޮތުން ގޮންޖެހުންތައް ބޮޑު ނަމަވެސް އެމްއައިބީއިން އެ ގޮންޖެހުންތަށް ގިރާކޮށް ނަތީޖާ ނެރެދީފައިވާކަން އެބެންކުން ފާހަގަކުރެ އެވެ. އެ ބެންކުން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި
ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް ރިކުއެސްޓު ކުރުމުގެ މަގު
ފަހިކޮއްދީފަ އެވެ.
އެމްއައިބީއިން ރާއްޖޭގެ އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީތައް މި އެވޯޑު ދިން ސީއެފްއައި.ކޯ އިން ވެސް ފާހަގަކުރެ އެވެ. 
އެމްއައިބީއިން ބުނީ އެބެންކުގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީއާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް
އީޖާދާއި ސީދާ ބޭންކިން ހިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ
މައްޗަށް ކަމަށެވެ. އަދި މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުން ކަމަށް އެބެންކުން ބުންޏެވެ. އެމްއައިބީގެ ޖުމްލަ އެސެޓު 2025 ވަނަ އަހަރު ވަނީ 16.63 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 
މީގެ އިތުރުން މި އެވޯޑުދިނުމުގައި ފާހަގަކޮށްފައި
ވަނީ ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް ހިއްސާދާރުންގެ ޑައިވާސިފައިޑް
ބޭސްއަކާ އެކު އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި،
ޝަރީއާ އަދި ބޯޑް ފެންވަރުގެ ވަރުގަދަ އޯވަސައިޓް ނިޒާމުތައް ކަމަށް އެ ބޭންކުން
ފާހަގަކުރެ އެވެ. އަދި ޑިޖިޓަލް ބޭންކިން، ސެލްފް ސާވިސް ވަސީލަތްތައް، ރިމޯޓް
އޮންބޯޑިން، އަދި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ
އިންވެސްޓްމަންޓްތައް ވެސް މި އެވޯޑުގައި ބަލައިގެންފައިވާ ކަމަށް އެމްއައިބީން
ބުންޏެވެ. 
މީގެ ކުރިން އެމްއައިބީން ވަނީ ބޭންކިން ދާއިރާގެ މަގުބޫލު އެކި އެވޯޑްތައް ހާސިލުކޮށްފަ އެވެ. އޭގެ ތެރޭގައި ވިސާ ކޮމާޝަލް
ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން،
އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ،
އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ އެވޯޑު ހިމެނެ އެވެ. އޭގެ އިތުރުން 11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް
2025 އެވޯޑާއި ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން
އިނިޝިއޭޓިވް އެވޯޑް ވެސް އެ ބެންކުން ވަނީ ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ