ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އެ ބޭންކުގެ 40 ވަނަ ބްރާންޗު މިއަދު ހުޅުވައި އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.
ތަފްސީލް - މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ދުވާފަރުގައި ހުޅުވި އާ ބްރާންޗުން ހިދުމަތް ދޭނީ، ބީއެމްއެލް އިން ބުނި ގޮތުގައި، 'އިސްލާމިކް ފައިނޭންސް ފަސްޓް' ސިޔާސަތުގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ.
އެނގުން މުހިންމު - 1982 ވަނަ އަހަރު ބީއެމްއެލްގެ ފުރަތަމަ ބްރާންޗު ހުޅުވީ މާލޭގަ އެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ބީއެމްއެލް އިން އަންނަނީ ހިދުމަތްތައް ފުޅާކުރަމުންނެވެ.
"ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 40 ބްރާންޗު
133 ސެލްފް ސާވިސް ބޭންކިން ސެންޓަރު
188 އޭޓީއެމް
ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތް
ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް
ބީއެމްއެލްގެ 40 ވަނަ ބްރާންޗު ދުވާފަރުގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ