ވައިގެ މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި ވައިގެ މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި، ލީޑ، މުހައްމަދު ހުމާމް ހަސަން ނައީމް، 29 އަދި މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް، 53 އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަސަން ނައީމަށް 10 ދުވަސް އަދި އަބްދުﷲ އިބްރާހީމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ