ގުރުއާން ކިޔަވައިގެން ސަރުކާރުގެ ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި ގުރުއާން ކިޔަވައިގެން ސަރުކާރުގެ ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި

އިދިކޮޅު އެމްޑީޕީން ޖުލައި 4، ގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މިއަދު ނިންމައިފި އެވެ.
ޓްރައިބިއުނަލުގެ ނިންމުމުގައި ބުނީ މައްސަލަ ހުށަހެޅި ދ. ކުޑަހުވަދޫ، އަހްމަދު ޝާއިނު އެޗްޑީސީގެ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ނަމަވެސް އަހްމަދު ޝާއިނު ވަޒިފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ކަނޑައަޅައި، ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ޓްރައިބިއުނަލްއިން ވަނީ ކަނޑައަޅާފަ އެވެ.
މީގެއިތުރުން އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ސަބަބަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލްއަށް ލިބޭ ބާރުގެ ދަށުން، އަހްމަދު ޝާއިނަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 6،800ރ. ގެ ނިސްބަތުން ދެ މަހަށްވާ 13،600ރ. ނަގައިދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ޓްރައިބިއުނަލްގެ ހުކުމުގައިވާ ގޮތުގައި އަހްމަދު ޝާއިނަށް އަދާކުރަން ޖެހޭ 13،600ރ. މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 15 ދުވަހުގެ ތެރޭގައި އަހްމަދު ޝާއިނުއަށް އެކީ އެއްފަހަރާ ދިނުމަށް އެޗްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ