ތިން އަހަރުގެ ދޮންދަރި އަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އުމުރުން ތިން އަހަރުގެ ދޮންދަރި އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އައްޑޫން ރޭ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަކީ ސ. މީދޫ މީހަކާ އިނދެގެން އެ ރަށުގައި އުޅޭ ފުވައްމުލަކު މީހެއް ކަމަށެވެ. އޭނާގެ އުމުރަކީ 38 އަހަރެވެ. އިއްޔެ މެންދުރު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރި މި މައްސަލައާ ގުޅިގެން، ފުލުހުން އޭނާ ހައްޔަރު ކުރީ ހެރަތެރަ ރިސޯޓްގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މީހާއަކީ ހެރަތެރަ ރިސޯޓްގެ ލޯންޗެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް އެނގިފައިވެ އެވެ. މި މައްސަލަ ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް ވެސް ރިޕޯޓް ކުރުމާ ގުޅިގެން، މައްސަލަ އަންނަނީ އިތުރަށް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ